Saturday, October 10, 2009

ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުން އެނބުރި ވަޑައިގެންފި

މިއަދު މެންދުރު ފަހު 3:30 ހާއިރު ރައީސް ނަޝީދު އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ދައުވަތަކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ. އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެމަނިކުފާނަށް ތާއީދު ކުރައްވާ ވަރަށް ގިނަ ބަޔަކު ރީނދޫ ކުލައިން ހެދުން އަޅައިގެން ބޮޑު ފާލަން ދޮށުގައި އެއްވެ ތިއްބެވެ. ރައީސް މާލެއަށް ފައިބާ ވަޑައިގެންނެވި ވަގުތު އެއްވެ ތިބި މީހުން ރައީސް ނަޝީދަށް ސާބަހުގެ ބަސްތަކުން މުހާތަބު ކޮށް ތައުރީފު ކުރަމުންދިޔައެވެ. އެ މަނިކުފާނު ގެކޮޅަށް ވަޑައިގައީ އެއްވެފައިވާ ސަޕޯޓަރުންނާ އެކު ހިންގަވާފައެވެ.



މީގެ އިތުރުން މިދަތުރުގައި ރައީސް އިނގިރޭސި ވިލާތުގެ މަންޗެސްޓާ ގައި ހުންނަވައިގެން ދެއްވި ރޭޑިއޯ ހިތޯބުގައި ވިދާޅުވީ މިދަތުރުގެ ސަބަބުން އިނގިރޭސީންނާއި ދިވެހި ގައުމާއި އޮންނަ ގުޅުން ބަދަހިވެ އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތުގެ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ލަފާކުރެވެނީ ކޮންޒަވެޓިވް ޕާޓީ އެވެ. އަދި އެކަމުގެ ސަބަބުން އެ ޕާޓީ އާއި އިނގިރޭސި ސަރުކާރުގެ ފަރާތުން ދިވެހިންނަށް އިތުރު ފައިދާތަކަށް މަގު ފަހިވެގެން ދާނެއެވެ.

ތިރީގައި އެވަނީ ކޮންޒަވޭޓިވް އަހަރީ ކޮންފަރެންސްގައި ރައީސް ނަޝީދު ދެއްކެވި ވާހަކައިގެ ރެކޯޑިން އެވެ.




No comments:

Post a Comment