އިންސާނީ ތަރައގީގެ ރިޕޯޓުގެ 2009 ގެ މައުލޫއަކީ ހިޖުރަކުރުމެވެ. އެ ރިޕޯޓު ބިނާކޮށްފައިވަނީ އިންސާނުން އެއްތަނުން އަނެއްތަނަށް ތަފާތު ބޭނުންތަކުގައި ދަތުރުކުރުމާއި ތަރައްގީއަށް ހުރި ހުރަސްތައް ނައްތާލުމުގެ މައްޗަށް ކަމަށް ހަވީރު ނޫހުގައި ބަޔާންކޮށްފައި ވެއެވެ.
އަހަރެން މި ފުރުސަތުގައި މަރުހަބާ ކިޔަން ބޭނުން ސަރުކާރަށް. އެމީހުންގެ މެނިފެސްޓޮގައި ލާމަރުކަޒީ ކުރުމާއި ރާއްޖޭގެ ހުރިހައި ރަށެއް ދަތުރުފަތުރުގެ ނިޒަމަކުން ގުޅާލުން ހިމެނޭ. އޭގެ ސަބަބުން މީހުންނަށް ގައުމުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ފަސޭހަވާނެ. ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށް، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހަމަގެހި، ހުރިހައި މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށް ދެވޭނެ.އެނގިލައްވާނެ ފަދައިން ރާއްޖޭގެ ހުރިހައި އަތޮޅެއް ދަތުރުފަތުރުގެ ނިޒަމަކުން ގުޅާލުމަކީ މި ސަރުކާރުގެ އެއް ވައުދެވެ. މިހާތަނަށް އައި އިރު މި ހިދުމަތް ލ އަދި ތ އަތޮޅުގައި ދަނީ ކާމިޔާބުކަމާ އެކު ދެމުންނެވެ. އަދި ކ، އއ، އދ އަދި ވ އަތޮޅުގައި ހިދުމަތް ދިނުމަށް މިހާރުވަނީ އެމް ޓީ ސީ ސީ އާ ހަވަލުކޮށްފައެވެ. ފުއައްމުލައް ހިމެނޭ ސަރަހައްދު ގެ ދަތުރުފަތުރު ވެސް ވަނީ އަމިއްލަ ބަޔަކާ ހަވާލުކުރެވިފައެވެ.
No comments:
Post a Comment