Sunday, October 11, 2009

އެމް ޑީ ޕީ ހިނގި މަގުން ޑީ އާރު ޕީ



ކުރީގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތީ އެމް ޑީ ޕީ އެވެ. އެއިރު ރާއްޖޭގައި ޑިމޮކްރަސީގެ ރީތި ގޮތްތައް ޕްރެކްޓިސް ކުރެވެމުންނެއް ނުދެއެވެ. އަދި ކިއެއްތަ އޭރު އޮތީ އިދިކޮޅު މީހުން އިނދަ ޖައްސާލުމެވެ. އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމް ޑީ ޕީ ކުރީ އައުދަޔާ ހިލާފު ބުރަ މަސައްކަތެކެވެ. ތަންތަނަށް އެއްވެ ނުރުހުން ފާޅުކުރުމާއި، މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމާއި އިސްތިއުފާއަށް ގޮވުމުގެ އިތުރުން މަދަނީ ބަސް ނޭހުންތައް ބޭއްވުނެވެ. ބޭނުމަކީ ރައްޔިތުންނަށް ލިބެންވާ މިނިވަންކަމާއި ހައްގުތައް ހޯދައިދިނުމެވެ. އެ ހުރިހައި މަސައްކަތެއްޖެ ނަތީޖާއަކީ ރަނގަޅު ޑިމޮކްރަސީ ތަމްސީލުކުރުމުގެ ފުރުސަތު ހޯދައިދިން ގާނޫނު އަސާސީ އުފަންވުމެވެ. އަދި އެންމެ ފަހުން ދުވަސްވީ އޮތޯރިޓޭރިއަން ވެރިކަން ވެއްޓުމެވެ.



މިހާރު ގައުމުގެ ހާލަތު އެއިރާ ހާސްބައި ތަފާތެވެ. މިނިވަން ކަމާއެކު ބަސްބުނެ އުޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އެބަ އޮތެވެ. ތަންތަނަށް އެއްވެ ޝުއޫރު ފާޅޫ  ކުރުމުގެ މިނިވަންކަން ލިބި ދީފިއެވެ. ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުމަށް ވެސް ޖާގަ ލިބިއްޖެ އެވެ. އަލައް ލިބުނު މިނިވަން ކަމުގެ ބޭނުމަށް މަޑުމަޑުން މީހުން މިދަނީ ހޭނެމުންނެވެ.

ގައުމުގެ މިހުރިހައި ކަމެއް މިމަގަށް ބަދަލުވެގެން އައި މި ދަނޑިވަޅުގައި ޑީ އާރު ޕީ ވެއްޓުނީ އިދިކޮޅު ޖާގައަށެވެ. ކުރިން މިބުނު ހުރިހައި ކަމެއް ހިނގަމުން ދިޔައިރު އެތަން ބަލަން ތިބެ އެ ހުރިހައި ކަމަކާ ދެކޮޅަށް ވަކާލާތު އޭރު ކުރީ ވެރިކަން ދިފާއު ކުރމުގެ ބޭނުމުގައެވެ. ނަމަވެސް އިންތިހާބު އެމީހުންނަށް މަގުދެއްކީ ފޭލް ވުމަށެވެ. މިހާރު އެމީހުން ގަބޫލުކުރާ ގޮތުގައި ޑީ އާރު ޕީ އެއޮތީ ކުރިން އެމް ޑީ ޕީ އޮތް ޖާގައިގަ އެވެ.

އެހެންކަމުން މިހާރު ޑީ އާރު ޕީ މަސައްކަތް ކުރަމުން އެދަނީ ކުރިން އެމް ޑީ ޕީ ކުރި ހުރިހައި ކަމެއް ތަމްސީލު ކުރުމަށެވެ. މުޒާހަރާ ކުރުމާއި މަގުމައްޗަށް އެއްވެ އިސްތިއުފާ ގޮވުމާއި އެންމެ ފަހުން ވަކި ތާރީހެއްގައި ވެރިކަން ވައްޓާލުމަށް ގޮވުމެވެ. މިހާރު މިވީ ކިހިނެއް ހެއްޔެވެ. އޭރު އެމް ޑީޕީ އައްޗި ވެގެން އެވާހަކަ ދެއްކި ކޮންމެ މީހަކު މިހާރު މިހިނގަނީ ހަމަ އެފިޔަވަޅު މަތިންނެވެ. ނަމަވެސް ޑީ އާރު ޕީގެ ތިޔަ ފިޔަވަޅުން ވެއްޓިގެން ދާނީ ޑީ އާރު ޕީގެ އަގެވެ. ގެއްލިގެން ދާނީ ޕާޓީގެ އަބުރެވެ. އެކަން ނުކުރަން ގަދަ ބާރު އެޅި ހުރިހައި ކަމެއް މިހާރު ތިދަނީ ކުރަމުން ނެވެ.

މީހަކުވިޔަސް އަދި ބަޔަކު ވިޔަސް ގަބޫލުކުރާ ވަކި ހަމަތަކެއް ހުރެއެވެ. އުސޫލުތަކެއް ހުރެއެވެ. އެ ބަޔަކު އުޅެމުން ދާނީ އެ އުސޫލުތަކުގެ މަތީންނެވެ. އެ އުސޫލުތަކުން ނެއްޓުނީމާ އެބަޔަކުގެ ގޮތް ގެއްލުނީއެވެ. ހަމަ ގެއްލުނީއެވެ. އުސޫލެއް ނެތުނީ އެވެ. އަސްލު ގެއްލުނީއެވެ.

މިހާރު ޑީ އާރު ޕީ އަށް ވަމުން މިދަނީ އެހެނެވެ. އެމީހުން ފިޔަވަޅު އަޅަމުން އެދަނީ އެމް ޑީ ޕީގެ ފަސްފަހަތުން ނެވެ. ކުރިން އޮތް ޑީ އާރު ޕީގެ އަސްލު ގެއްލި އެމް ޑީ ޕީ ގެ ހަމަތަކެއްގެ ތައްގަނޑަށް ފެތެނީ އެވެ. ހަގީގަތުގައި ކޮޕީ ކުރަނީ އެވެ. އެހެން ބައެއްގެ ގޮތް ތިމާމެން ކޮޕީ ކުރަނީ އެގޮތް ރަނގަޅު ވެގެންނެވެ. އެހެންވީމާ ޑީ އާރު ޕީ އަށް އެމް ޑީ ޕީ ވަރުގެ ރަނގަޅު ޕާޓީއެއް ނެތީތާއެވެ.

No comments:

Post a Comment