Friday, October 9, 2009

ރެކޭބިލް ހޯމަ ދުވަހަށް އެޖެންޑާ ކުރަނީ

ރައީސުލް ޖުމުހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތް ދިނުމާ ބެހޭ ބިލް (ރެކޭ ބިލް) މިއަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެގެންޑާ ކުރަނެ ކަމަށް މަޖިލިސްގެ މެންބަރުން ހަބަރު ދެއެވެ. މި ބިލަކީ މަޖިލިސްގެ މެންބަރުގެ މެދުގައި ކުރިންވެސް ހޫނު ޒުވާބު ހިނގައި މަޖިލިސް ހުއްޓުމަކަށް ގެނުވި ބިލެކެވެ. މަޖިލިސްގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ކުރިޔަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ މި ބިލާ މެދު ބަހުސް ހޫނުވެގެންނެވެ.


ޑީ އާރު ޕީ މެންބަރުން ހުށަހަޅުއްވާފައިވާ މި ބިލްގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލް ޖުމުހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް މަހަކު 3 ލައްކަ އައްވުރެ ގިނަ ރުފިޔާ ދިވެހި ދައުލަތުން ހަރަދު ކުރަން ޖެހެއެވެ. އެއީ އޭނާގެ މުސާރައާއި، ދިރިއުޅޭ ތަނުގެ ކުއްޔާއި، އޮފީސް ހިންގުމުގެ ހަރަދާއި، ބޭސްފަރުވާ ފަދަ ހަރަދުތަކަށެވެ. މީގެ އިތުރުން ސެކިއުރިޓީ އާއި ދަތުރުފަތުރުގެ ހިދުމަތްވެސް އެނާއަށް ލިބިދޭން ޖެހޭކަމަށް އެ ބިލްގައި ބަޔާންކޮށްފައި ވެއެވެ.

މި ބިލާމެދު އެންމެ ބޮޑަށް ހިޔަލުތަފާތުވާ އަނެއް ނުކުތާއަކީ ރައީސްކަން ކުރި ބޭފުޅަކު އެއްވެސް މައްސަލައެއްގައި ކޯޓަށް ހާޒިރު ނުކުރެވޭނެކަމަށް އޮންނަ އޮތުމާ މެދުއެވެ. ވެރިކަން ކުރާ ޕާޓީގެ މެންބަރުން ވިދާޅުވާ ގޮތުގައި މި ނުކުތާ އާއެކު މި ބިލު ފާސް ކުރަން ޑީ އާރު ޕީން އެހައި މަސައްކަތް އެ ކުރަނީ ވެރިކަމުގެ ދުވަސްވަރު ވެފައިވާ ހިޔާނާތްތައް ފޮރުވުމަށެވެ.

ކޮންމެއަކަސް އަންނަ ހޯމަ ދުވަހަކީ މަޖިލީހުގައި އަނެއްކާވެސް ފޯރި ގަދަވާނެ ދުވަހެކެވެ. ދެފަރާތުގެ ޒުވާބު ހޫނުވާނެ ދުވަހެކެވެ.

No comments:

Post a Comment