ދަތުރުފަތުގެ ނިޒާމަކުން ރާއްޖޭގެ އަތޮޅުތައް ގުޅާލުމަކީ ރައީސް ނަޝީދުގެ ސަރުކާރުގެ އެއް ވައުދެވެ. ސަރުކާރުގެ ސިޔާސަތަކީ އެއްފަސްކުރުމުގެ ބުރައާއި ކޮންމެ ރަށަކަށް ވަކިން ހުރިހައި ހިދުމަތް ދިނުމުގެ އުނދަގޫ ސަރުކާރުން އުފުލުމުގެ ބަދަލުގައި ހިދުމަތް ހޯދުމަށް ފަސޭހަ ކަމާއެކު އަގުހެޔޮކޮށް ދަތުރުކުރެވޭނެ މަގު ކޮންމެ ރައްޔިތަކަށް ވެސް ފަހިކޮށްދިނުމެވެ. މި މަޝްރޫއުގެ ދަށުން ލ އަތޮޅާއި ތ އަތޮޅުގައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. މިފަހަރު އަލަށް ހިދުމަތް ފެށުމަށް އިއުލާނުކޮށްފައިވަނީ ކ، އއ، އދ އަދި ވ އަތޮޅަށެވެ. މިއަތޮޅުތަކަށް ހިދުމަތް ދިނުމަށް ހަވާލުކުރީ އެމްޓީސީސީ އާ އެވެ.
ހަބަރު ލިބޭ ގޮތުގައި ވަރަށް އަވަހަށް ދެން ހުރި އަތޮޅުތަކަށް ވެސް ދަތުރުފަތުރު ގެ ހިދުމަތް ފެށޭނެއެވެ.
މިހަބަރާ ގުޅޭ
Wednesday, October 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment