Wednesday, October 7, 2009

ތިމާވެށީގެ ހިމާޔަތުގައި ދިވެހި ސަރުކާރު

ތިމާވެއްޓަށް އަންނަމުންދަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެއްގައުމަކީ ދިވެހިރާއްޖެއެވެ.ސަބަބަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ކުދިކަމާއި ރަށްތަކުގެ ތިރިކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ކުޑަކޮށް އުފުލުނަސް ރަށް ގިރުމާއި އުދަ އެރުން މިރާއްޖޭގެ ހުރިހައި ރަށަކަށް ތަޖުރިބާ ކުރަން ޖެހޭނެތީއެވެ. އެހެންކަމުން ޖައްވު ހޫނުވެ ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލިއްޖެ ނަމަ ތިމާވެށީގެ ރެފިއުޖީންނަށް އެންމެ ފުރަތަމަ ވާނެ އެއްބަޔަކީ ދިވެހިންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިމާށި ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވި ކުރުމަށް ވާހަކަދެކެވެމުންމިދާ ދުވަސްވަރުގައި، އޭގެ އެންމެ ނުރައްކާ ކުރިމަތިވާނެ ގައުމުތައް ހަމަ ޔަގީނުންވެސް މަސައްކަތް ކުރަން ޖެހޭނީ އެކަމުން ސަލާމަތް ވނެ ގޮތްތަކެއް ހޯދުމުގައި ނަމޫނާ އަކަށެވެ. ރައީސް ނަޝީދުގެ ނެވިކަމުގައި މި ގައުމު މިހާރު މި ދަތުރުކުރަނީ އެމަގަށް ކަމީ ދިވެހިން ނުހަނު ފަހުރުވެރިވާ ކަމެކެވެ.

އެނގިލައްވާނޭ ފަދައިން ދާދި ފަހުން ބޭއްވުނު ޔޫއެންގެ ސަމިޓްގެ ކުދިޖަޒީރާ ގައުމުތަކުގެ މަޝްވަރާތަކުގައި ރައީސް ނަޝީދު އެދެއްކެވި ނަމޫނާ ވާހަކަފުޅު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ނުހަނު ފަރުވާތެރިކަމާ އެކު ބަލައިގަނެ ރައީސް ނަޝީދަށް މަރުހަބާ ދެއްނެވިއެވެ. މިކަމުންވެސް އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި ރޭވުންތެރިކަން މުޅި ދުނިޔެއަށް ހާމަވެގެން ދިޔައެވެ.

މިހާރު ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް، ކޯޕަންހޭގަން، މިއޮތީ ކައިރީގައެވެ. ސަމިޓުން ނިމޭ ކަންކަން އެއީ ފައިދާހުރި ނިންމުންތަކަކަށް ހެދުމަށް ޓަކައި ރައީސް ނަޝީދުގެ ސަރުކާރުންނާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން އެކިއެކި ހަރަކާތްތައް ހިންގަމުން މިދާ ދަނޑިވަޅުގައި ރާއްޖޭގެ ކެބިނެޓް ކަނޑުއަޑީގައި ޖަލްސާއެއް ބޭއްވުމަށް ތައްޔާރުތައް ވަމުން އެބް ދެއެވެ. މިއީ ހަމަ ގައިމުވެސް ތިމާވެށީގެ ހިމާޔަތުގައި ދިވެހި ސަރުކާރު މިހާތަނަށް ބާއްވާ އެންމެ ތާރީ އިވެންޓަށް ވާނެއެވެ. މީގެ އިތުރުންވެސް މިއަހަރުގެ ކުރީކޮޅު ރައީސް ނަޝީދު ވަނީ ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަކީ ކާބަން ނިއުޓުރަލް ގައުމަކަށް ހެދުމަށް އިއުލާނު ކުރައްވާފައެވެ. މިފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށް މުޅި ދުނިޔެއަށް މިސާލުދެއްކެވުމަށް ސަރުކާރުން ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގައި ދިވެހިންގެ ފިޔަވަޅުމަތިން ހިނގާނެ އެހެން އެތައް ގައުމެއް މުސްތަގުބަލުގައި ފެނިގެން ދާނެކަމާ މެދު ވަރަށްބޮޑަށް އުންމީދު ކުރެވެއެވެ.

ރައީސްނަޝީދަކީ، އަޒުމު ވަރުގަދަ ހިތްވަރުގަދަ އެހެނަސް ހިތްތިރި ރައީސެކެވެ.

No comments:

Post a Comment