Thursday, October 8, 2009

ތަރައްގީ ލިބޭނީ ބަދަލަށް ރުހިގެންނެވެ

ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ތާރީހީ ރިޔާސީ އިންތިހާބު ވޭތުވެ ދިޔަ އަހަރުގެ ނޮވެމްބަރު މަހު މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައި ވެރިކަމާ ހަވާލުވެ ލައްވައި މުޅި ގައުމުގެ އެންމެހައި ކަންކަން ހަމަ މަގަށް އެޅުވުމުގެ ބުރަ މަސައްކަތް ކުރައްވަމުން މިދާ ދުވަސްވަރުގައި ރައްޔިތުންގެ ފަރާތުން ތަފާތު އަޑުތައް އަދި ފާޑުކިޔުންތައް އިވެމުން ދެއެވެ. ފިކުރާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިންނަށް ހޯއްދަވައިދެއްވުމުގައިވެސް އެންމެ ބުރަ އުފުއްލެވި އެއް ބޭފުޅަކީ ހުދު އެ މަނިކުފާނެވެ. އެހެންކަމުން ފާޑުކިއުމާއި ދެކޮޅުހެދުން އެމަނިކުފާނު ކުރައްވާ ކަންކަމަށް ވެސް އަންނާނެކަން އެއީ ހަގީގަތެކެވެ.


އެހެން ނަމަވެސް ކަންކަން ކުރަމުން އައި ގޮތް ބަދަލުކުރަން ޖެހޭނެއެވެ. ތަރައްގީއާއި ތަމައްދުން ހާސިލްކުރެވޭނީ ބަދަލުގެ މަގުން ކުރިޔަށް ފިޔަވަޅު އަޅައިގެންނެވެ. މިފަދަ ބަދަލުތަކުގެ ވާހަކަ ގެނެވޭ ހިނދުގައި ކުރިން ތިކަން އޮތީ ތިހެނެއް ޫނޭ، ކުރިން އެވެނި ކަމެއް ކުރީ މިހެންނޭ ކިޔާ އަޑުއުފުލާ މީހުންވެސް މި ހަގީގަތް ގަބޫލުކުރާށެވެ. ހުރިހައި ކަމެއް ކުރިން އޮތް ގޮތަށް ހަމަ އެ ތައްގަނޑަށް އޮންނާކަށް ނުޖެހެއެވެ. ބަދަލު ނުކޮށް އަހަރެމެން ހިފަހައްޓާ އެއްޗަކީ ދީނުގެ ހުކުންތަކާއި އާދަތަކެވެ. އެ ކަންކަމަކީ މަތިވެރި މާތް ﷲ ބާއްވާލެއްވި އެންމެ ފުރިހަމަ ގޮތް ކަމަށް ވާތީ އެވެ.

ނަމަވެސް މިހާރު މިގެނެވޭ އެކިއެކި ބަދަލު ބަލައިގަންނަށް ނުރުހޭ ދިވެހިން އެބަ އުޅެއެވެ. އެއީ ކުރިން އެހެން ގޮތަކަށް ކަން ކުރަން އާދަވެފައި ތިބީތީއެވެ. އަދި ފަހުން ތައާރަފުކުރާ އާ ގޮތް ނާކާމިޔާބު ވެދާނެތީ ބިރުން ވެސް ތޯއްޗެކެވެ.

ކުރިން ގަބޫލުކުރެވިފައި ވާގޮތަށް ވުރެ ރަނގަޅު އެހެން ގޮތެއް، އެއަށްވުރެ ކަމިޔާބު އެހެން މަގެއް ފެނުނީމާ ދެން އަހަރެމެންނަށް އޮތް އެންމެ ރަނަގަޅު ބުއްދިއަކީ 'ބަދލު ދައްކާ މަގަށް' ދީލާލުމެވެ. މާޒީގެ ބޯދާ ޚިޔާލުގައި، 30 އަހަރުގެ 'ބުރާންތީގައި' ތިބެގެން ގައުމު އެދޭ ކުރިއެރުމާއި ތަރައްގީއެއް ހާސިލެއް ނުވާނެއެވެ.

No comments:

Post a Comment