ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ރައީސަކު އައްޔަން ކުރެވުނުތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. މީގެ ކުރިން މިރާއްޖޭގައި 30 އަހަރުވަންދެން ވެރިކަންކުރި ޑިކްޓޭޓަރ މައުމޫނު އޭނާގެ އައުވާނުން ހިތްރުއްސައިގެން އެހެން ރައްޔިތުން އިނދަޖައްސައިގެން އިންތިހާބުތަކުގައި ވޯޓު އޮޅުވައިގެން 100 ޕަސެންޓް ހޯދާލަ ހޯދާލަ ހުރި އިރު އެއީއަކީ ޑިމޮކްރަސީގެ އިންފާރުން އެތެރޭގެ ވެރިކަމެއް ކަމަކަށް ނުބުނެވޭނެއެވެ.
ނަމަވެސް މިހާރު މިރާއްޖޭގައި ޑިމޮކްރަސީގެ ގޮތްތައް އަށަގަންނަވަން ބަޔަކު އެތައް މަސައްކަތްތަކެއް ކޮށް އެކަން ދެންވާ ކަމިޔާބު ވެދާނޭ ހީވީމާ، މައުމޫނާއި އައުވާނުން މަޑުން ނުތިބެވިގެން، އެއީ މާމޮޅަށް ޑިމޮކްރަސީ ދަންނަ ބަޔަކަށް ވެގެން މަގުމައްޗަށް ނުކުމެ އާޓިފިޝަލަށް އެއްވެ ރައީސް އޮފީސްދޮށުގައި އިށީދެ އަންނަ ނޮވެމްބަރު މަހުން 3 ގައި ވެރިކަން ވައްޓާލާނަމޭ ގޮވަން ފަށާއިފިއެވެ. މިއީ ހަމަ ހިފި ނުހުރެގެން ބުނެވޭ އެއްޗެއްސެވެ. އަނެއްހެން މާ ބޮޑު އޮއްޓަރެއް ބަހައްޓައިގެން މާނައަކާ މަގުސަދެއް އޮވެގެން ވެސް ބުނާ އެއްޗެއް ނޫންކަން ޑީއާރުޕީގެ މީހުނަށް ވެސް އެނގެއެވެ. ދެން އަމުދުން ވެރިކަން ވައްޓާނުލެވޭނެކަން އަދި މިއީ ގާނޫނީ ވެރިކަމެއް ކަން ދިވެހި ހުރިހައި ރައްޔިތުންވެސް ދަންނާނެއެވެ.
ޑީޢަރުޕީގެ ސަޕޯޓަރުންނަށް ބުނަމެވެ. މައުމޫނަކީ ބޮލަށް އެރެން ވަރަށް ކުޅަދާނަ މީހެކެވެ. އޭނާ މިހާރުވެސް ރާވަމުން އެދަނީ އޭނާއަށް ވެރިކަމަށް އާދެވޭނެ ގޮތެކެވެ. ކޮންމެހެން ޑީއާރުޕީއަށް މޮޅެއް ހެވެއް އެދެނީކީ ނޫނެވެ. ޑީއާރުޕީއަށް ހެވެއް އެދޭނަމަ ޑީއާރުޕީގައި އެތިބަ ފައްކާ ޒުވާނުން ތިއްބާ އުމަރު ގާތްކޮށްލައިގެން އޭނާ އެހެން ގެންގުޅޭނެ ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ މިދިޔަ އަހަރު އހަރެމެން ވެރިކަން ބަދަލުކުރީ އެތައް ދިވެހިންނެއް މައުމޫނު ހޮވަން ބޭނުން ނުވީމައެވެ. އެހެންވީމާ ދެން އަލުން ވެރިކަން މައުމޫނަށް ދޭކަށް ގިނަ ދިވެހިން އެއްގޮތަކަށް ވެސް ނުރުހޭނެއެވެ. އަދި އިންތިހާބަކަށް ކުރިމަތި ލިޔަސް ކުރީފަހަރު ވީވަރުވެސް ދެން ނުވާނެއެވެ. އެހެންވީމާ މިހާރު އެރާވަނީ ޑީއާރުޕީ މީހުންގެ ބޮލަށް އެރިގެން ގައުމު ހާޖާނުކޮށްލައި، ރައްޔިތުން ފަސާދަކޮށްލައި، ވެރިކަން ދަމައިގަތުމަށެވެ. އިންގިލާބު ކޮށްލުމަށެވެ. ވެރިކަން ވައްޓާލުމަށެވެ. އެކަމަކު ތިހެން ހަމަ ހިލާ ތިޔަ ކަމެއް ވިޔަކަ ނުދޭނަމެވެ.
Tuesday, October 6, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment