އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު ރައްޔިތުންގެތެރެއިން ވަރަށް ގިނަ ބަޔަކު (ހާއްސަކޮށް އެމް ޑީ ޕީގެ މެންބަރުން) މަޖިލިސް ގޭ ދޮށަށް އެއްވެ މަޖިލީހުގައި އެވަގުތު ބަހުސްކުރެވެމުން ދިޔަ ބިލާ މެދު ނުރުހުން ފާލުކުރަމުން ދިޔައެވެ. މަޖިލީހުގައި އޮތީ ރެކޭ ބިލެވެ. ތަފާތު ނުކުތާތަކަށް އެކިއެކި އިސްލާހު ވެރިކަން ކުރާ ޕާޓީން ހުށަހެޅި ނަމަވެސް އެ އިސްލާހުތައް ފާހެއް ނުވިއެވެ. ނުކުތާތައް ފާސްކުރަމުން ދިޔައީ ބިލް ހުށަހެޅި ޑީ އާރު ޕީ ބޭނުންވި ގޮތަށް ނުވަތަ ބިލް ހުށަހަޅާފައި ވާ ގޮތަށެވެ.
ބަހުސް ކުރަމުން ދިޔަ ބިލުގެ އެންމެ ހިޔާލު ތަފާތު މާއްދާއަކީ ބިލުގެ 9 ވަނަ މާއްދާއެވެ. އެއްވެފައިވާ މީހުން ގޮވަމުން ދިޔައީ އެ މާއްދާ އުނި ކުރުމަށެވެ. އެހެންނޫންނަމަ މުޅި ބިލް މަޖިލީހުގެ ތަޅުމުން ބޭރުކުރުމަށެވެ. މީގެ އިތުރުން ރައީސުލް ޖުމުހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ބިލުގައި ކަނޑައަޅާފައިވާ އިނާޔަތްތައް މާ ބޮޑު ކަމަށް އެއްވެފައިވާ މީހުން ހިޔާލު ފާޅޫކޮށްފައި ވެއެވެ. ހާއްސަކޮށް ގައުމުގެ އިގްތިސާދު މިފަދަ ދަށަށް ގޮސްފައިވާ ހާލަތެއްގައި އަދި ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންމިދާ ވަގުތުގައި ބޮޑެތި އަދަދުތަކެއް ބިލުގައި ކަނޑައަޅާފައި ވާ ކަމީ ބިލާމެދު ހިޔާލުތަފާތުވުން އުފެދެން މެދުވެރިވީ އެއް ސަބަބެވެ.
9 ވަނަ މާއްދާ
ބިލުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތީން އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ އެ މަޤާމުގައި ހުރިއިރު މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު މި މާއްދާގެ (ށ) ގައި ކަނޑައަޅާ ގޮތުގެ މަތީން މެނުވީ އޭނާގެ މައްޗަށް އެއްވެސް ކޯޓެއްގައި ނުވަތަ ޝަރީއަތުގެ އެހެން މަޖިލީހެއްގައިވިޔަސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން، ރައީސްކަން ކޮށްފައިވާ މީހަކު ކުށްވެރިނުވެ އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު ތަހުގީގެއް ކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި އުފައްދާ މިނިވަން މުސްތަގިއްލު ކޮމިޝަނަކުންނެވެ
ޖަލުގެ ހަމަ ނުޖެހުން
މަޖިލީހުގައި ރެކޭ ބިލް މާއްދާއަކަށް ފަހު މާއްދާއެއް ވޯޓަށް އަހަމުން ދިޔަ އިރު، މަޖިލީހުގެ ބޭރުގައި އެއްވެފައިވާ މީހުން އެބިލާ މެދު ނުރުހުން ފާޅު ކުރަމުން ދިޔައެވެ. ވަކި ހިސާބަކުން ދައުލަތުގެ އަމަން ބަލަހައްޓާ ފަރާތްތަކުން އެއްވެފައިވާ މީހުން މަޖިލިސް ގޭ ދޮށުން ފައްސާލިއެވެ. އެއާ އެކު ދެން އިވުނު ހަބަރަކީ ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގައި، ޖަލުގެ އެކި އިމާރާތްތަކުގައި ހުޅުޖެހި ހަބަރެވެ. މުޅި ޖަލު ކޮންޓްރޯލުން ނައްޓާލިއެވެ. މި ހަމަނުޖެހުން މައިތިރި ކުރެވުނީ އިތުރު ފުލުހުން މާފުށްޓަށް ފޮނުވައިގެންނެވެ.
މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރުމުގެ ސަބަބުން އިދިކޮޅު ޕާޓީ އަށް ދިޔައީ ޕްރެޝަރ ވަމުންނެވެ. އެހެންވުމުގެ ސަބަބުން ރައްޔިތުންގެ ފޯކަސް ބަދަލު ކުރުމަށް އެމީހުން މިކަން ރޭވީ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޑީ އާރު ޕީ އާ ޖަލާ ގުޅުންތަކެއް އޮންނަ ކަމުގެ ތުހުމަތު ކުރެވޭތާ ދުވަސްކޮޅެއް މިހާރު ވެއްޖެއެވެ. މީގެ ކުރިންވެސް އެންމެ ފަހުން ޖަލުގައި ހަމަނުޖެހުން ހިންގި ދުވަހުވެސް ޑީ އާރު ޕީގެ ފަރާތުން ނެރެމުން ދިޔަ ހަބަރުތަކުން އެނގޭ ޝައްކުކުރެވޭ ގޮތުގައި އެމީހުންގެ އެޖެންޓުން ޖަލުގައި އެބަ ތިއްބެވެ.
ޖަލުގެ ހަބަރުތައް ސާފުވެގެން އައި އިރު މުޅި ޖަލު ވަނީ ސުންނާފަތި ކޮށްލާފައެވެ. މިހާރު ޖަލުގައި ތިބި ގައިދީން ބައިތިއްބާނެ ހިޔާވަހިކަމެއް ވެސް އެތާކު ނެތެވެ. ފެނާއި ކަރަންޓް ވެސް ލިބޭކަށް ނެތެވެ.
ތުހުމަތުގެ އިނގިލި ޑީ އާރު ޕީ އަށް
ޖަލުގައި މި ހިންގި ހުރިހައި ހަމަނުޖެހުމެއް ހިންގާފައި ވަނީ ގައުމުގެ މަސްލަހަތު ނަގާލުމުގެ ބޭނުމުގައި ޑީ އާރު ޕީން ބާރު އަޅައިގެން ނެވެ. ޑިފެންސް މިނިސްޓަރ ތުހުމަތުކުރައްވާ ގޮތުގައި ޖަލުގެ ހަމަނުޖެހުން ނަގާލީ ސިޔާސީ ބޭނުމަކަށެވެ.
މީގެ އިތުރުން ޖަލުގެ ގައިދީން ދީފައިވާ އިންޓަވިއުއަށް ބަލާއިރު މިއީ ކަނޑައެޅިގެން ޑީ އާރުޕީގެ އެހީތެރިކަމުގައި އަދި އެމީހުންގެ ބާރުގައި ކަނޑައެޅިގެން ރާވައިގެން ކޮށްފައި ވާ ކަމެކެވެ. ރޭ ޓީވީން ގެނެސްދިން ބައެއް އިންޓަވިއުތަކުގައި ގައިދީން މިވާހަކަ ކަނޑައެޅިގެން ބުނެފައި ވެއެވެ. އަދި މި ހަމަނުޖެހުން ހިނގީ ޑީ އާރު ޕީން ފައިސާ ދީގެން މިހާރު ޑީ އާރު ޕީން ފަށައިފައިވާ "ވެރިކަން ވައްޓާލުމުގެ" ޗޭނުގެ ބޮޅެއްގެ ގޮތުން ނެވެ.
Tuesday, October 13, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment